އަނިޔާކޮށްގެން ސަސްޕެންޑު ކުރި ޑެޑް ފުލުހުން އަނބުރާ ވަޒީފާއަށް ނުކުމެއްޖެ

އަސަދުﷲ މުޙައްމަދު
ޖުލައި މަހު، މ. އުޖާލާގޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓް (ޑެޑް) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކުލަހެދުމުގައިދެ މީހެއްގެ ގައިގައި ތަޅާ ގއަނިޔާކުރި އަނިޔާކޮށްގެން ސަސްޕެންޑު ކުރި ފުލުހުން އަނބުރާ ވަޒީފާއަށް ނުކުމެއްޖެއެވެ.
ހަބަރުތައް ފެތުރޭގޮތުން އެމީހުން އަލުން އަބުރާ ވަޒީފާއަށް ނުކުމެފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ.
ނަމަވެސް، މި މައްސަލައިގަ ފުލުހުން އަދި ވަކި ބަހެއް ހާމައެއް ނުކުރެއެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އިން ވެސް އަންނި މި މައްސަލަ ތަހުގީގުކުރަމުންނެވެ.
