ރަޝިއާއަށް ހަމަލާދިނުމަށް އެމރިކާ ސިފައިން ބަލްޓިކް ސުޓޭޓުގައި އެބަތިބި - އެސްތޯނިއާ

ސިއްރިޔާތުގައި އެމެރިކާ ސިފައިން 2014 ވަނަ އަހަރު ފެށިގެން ބަލްޓިކް ސުޓޭޓު ތަކުގައި އެބަތިބި ކަމަށް އެސްތޯނިއާއިން ބުނެފިއެވެ.
އެސްތޯނިއާއަކީ ބަލްޓިކު ސުޓޭޓުގެ 3 ގައުމުތެރެއިން އެއްގައުމެވެ. ބަލްޓިކް ކަނޑަށް ވާގޮތަށް ރަޝިއާގެ ހުޅަގަށް އޮންނަ އެސްތޯނިއާ، ލަތިވާ، ލިތުއޭނިއާ އަކީ ބަލްޓިކްގެ 3 ސުޓޭޓެވެ.
ޔޫރަޕިއަން ނޭޝަންގައި ކުރިން ލަތިވާ ރަމްޒުކޮށްދެއްވި މެމްބަރު މިރޮސަލްވް މިތުރަފަނޯޒު އެސްތޯނިއާގެ ޓީވީގައި ބުނެފައިވާ ގޮތުގައި ޔޫކުރެއިންގެ ކުރިމިއާގެ މައްސަލަ ރަޝިއާއި އެމެރިކާ 2014 ވަނަ އަހަރު ޖެހުނު ފަހުން ރަޝިއާއަށް ހަމަލާއެއް ދިނުމުގެ ގޮތުން އެެމެރިކާގެ ސިފައިން އެސްތޯނިއާގައި ހަރަކާއްތެރި ވަމުން އަންނަ ކަމަށެވެ.
އެސްތޯނިއާގެ ގައުމީ ޓީވީ އިން ކުރިދިރާސާގައި އެމެރިކާ ސިފައިން އެގައުމުގައި ތިބި ކަމަށާ އަދި މައަހަރު އެމެރިކާ ސަރުކާރުން އެ ސިފައިން އަށް އަސްކަރީ ބިންތަށް އަޅައި ދިނުމަށް އެސްތޯނިއާއަަށް 15.7 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
ކޮންސްޓުރަކްޝަންގެ މަސައްކަތް އެސްތޯނިއާގެ ވެރިރަށް ތަލިންގައި ފަށާފައިވާ ކަމަށާއި އަންނަ އަހަރަށް އެތަނުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ކޮންސްޓުރަކްޝަންގެ މަސައްކަތް ކުރަމުން ދަނީ ބަޑިޖަހާ ސަރަހައްދަކާ، ބެރެކްސްއަކާ އަދި ހަތިޔާރު ބަހައްޓަ ތަނެއްކަމަށެވެ
