ގާސިމްގެ މާންދޫން މަސް ގަތުން ކޮންޓްރޯލްކުރުމުން މަސްވެރިންގެ ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒް އިން ހިންގާ ހައްދުންމަތީ މާންދޫއަށް މަސް ގަތުން ކޮންޓްރޯލް ކުރުމާގުޅިގެން މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އަގު ކޮންޓްރޯލް ކޮށްފައިވަނީ ން ދޯންޏަކުން ދުވާލަކު 1 ޓަނު މަސް ކިރާގޮތަށެވެ.

އެގޮތުން މަސްވެރިިން ބުނީ ދުނިޔޭގެ މަހުގެ އަގު ބޮޑުވިކަމަށް ބުނެ މަންދޫން މަސްގަތުން ކޮންޓްރޯލް ކުރީ މަސްވެރިންނަށް ކުރާ "ޖެއްސުމެއްގެ" ގޮތުންކަމަށެވެ.

"ދުނިޔޭގެ ބާޒާރުގަ އަގު ހެޔޮވަނީ މާންދޫން ގަންނަ މަހުގެ އެކަނިތޯ؟މިއީ އަޅުގަނޑުމެން ދިން ކެއްސެއް. ކުރި ޖެއްސުމެއް،" ލ. އަތޮޅު މަސްވެރިއަކު ސުވާލު އުފެއްދިއެވެ.

ނަމަވެސް ހޮރައިޒަން ފިޝަރީޒް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑަށް ދަށްވެފައިވާތީ، މަސް ބޭރު ނުކުރެވިފައިވާ ކަމަށެވެ.

"މަސް ބަންދު ކުރުން ވެސް މަޑު ޖައްސާލަން ޖެހިފައިވާތީ މާންދޫ ކާރުހާނާގެ މަސް ބަންދު ކުރާ ސްޓޯރުތައް މިހާރު ވަނީ ފުރިފަ،"

ސްޓޯރުތައް ފުރިފައިވާތީ ބާޖެއް ގެންގޮސްގެ މަސް އެރުވުމުގެ އިންތިޒާމުތައް ކުރަމުން ގެންދާ ކަމަށް ވެސް ހޮރައިޒަން އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު