އެއް މިލިއަން ޑޮލަރު ޖަމާކުރަން ލަސްވެގެން އާޒިމާ ގުޅި: ޒަމީރު 

އެއް މިލިއަން ޑޮލަރު ޖަމާކުރަން ލަސްވެގެން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރު ގުޅި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގަ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީޢަތުގެ މަރުހަލާގަ ހެކިބަސް ދެއްވަމުންނެވެ.

ދައުލަތުން ތުހުމަތުކުރާގޮތުގަ އެސްކްރޯ އެކައުންޓަށް ރައީސް ޔާމިން ޖަމާކުރީ ޒަމީރު ދެއްވި ފައިސާ އެވެ.

ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން އެއް މިލިއަން ޑޮލަރު ހޯދަން އެޑިވަޑައިގަތުމުން އެ ފައިސާ ހޯއްދެވީ ދެ މިލިއަން ޑޮލަރަށް ގޯއްޗެއް ވިއްކައިގެންކަމަށެވެ.

ދައުލަތުން މި މައްސަލައިގަ ބުނަނީ އެމްއެމްޕީއާރުސީ ކުންފުނީގަ ހިމެނޭ އެސްއޯއެފް ކުންފުނިންް ރައީސް އަބްދުﷲ ޔާމިންގެ އެކައުންޓަށް އެއް ރައީސް އަބްދުﷲ ޔާމިން ޖަމާކުރީ އެހެން އެއް މިލިއަން ޑިލަރެއް ކަަމަށެވެ. އަދި އެއީ ޒަމީރު ދެއްވި އެއް މިލިއަން ޑޮލަރުކަމަށް ވެސް ދައުލަތުން ބުނެއެވެ.

މި މައްސަލައި އާޒިމާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސައްހަ ނޫން ލިޔެކިޔުމެއް ދައުލަތުގެ މުއައްސަސާއަކުން ހޯދުމުގެ ދައުވާ އަދި މަނީލޯންޑަރިންގަ އެހީތެރިވި ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު