އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔަލެއް ނުވޭ: ސިފައިން

Msg 1001968842017 509

މިރޭ މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ސިފައިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކެނެރީ މަގުގައި ހުންނަ މ. ރަބީއީ ވިލާގައިކަމަށް ސިފައިން ބުންޏެވެ. ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީ ސިފައިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

މި ހާދިސާގައި އަލިފާންހިފީ އެގޭގެ ހަތަރު ވަނަ ފަންގިފިލާގައިކަމަށް ސިފައިން ބުންޏެވެ.

މި ހާދިސާ ހިނގި ސަބަބު ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް މިރޭ ވަނީ ވަޑައިގަންނަވާފައެވެ.

ފަހުގެ