ކާށިދޫ އިން މަސްވެރިކަން ކުރަން ނިކުތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

A Fishing Boat Lost In The Sea With Fisherman Artistic D3785aa0 4928 4151 Ae5f C4d4f7aec5d3

ކ.ކާށިދޫ އިން މަސްވެރިކަން ކުރަން ނިކުތް ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ކ.ކާށިދޫ “އާމިރާލް” ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއްނުވުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މި ދޯނި ގެއްލިގެން އުޅޭ ހަބަރު ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިރޭ ގާތްގަނޑަކަށް 20:30 އެހާއިރު ކަމަށް ކޯސްޓު ގާޑުން މައުލޫމާތު ދެއެވެ.

މިދޯނީގެ ޚަބަރެއް ނުވެގެން ހޯދަމުންދާއިރު، 12 މީހުންނާއެކު މަހަށް ނިކުމެ އުޅުނު މިދޯންޏަކީ 68 ފޫޓްގެ މަސް ދޯންޏެއް ކަމަށާއި މިދޯންނާ އެންމެފަހުން ގުޅިފައިވަނީ މިދިޔަ ހޯމަދުވަހު ވ.އަތޮޅުގެ ތެރެއިން ދޯނި ދަތުރުކުރަމުން ދަނިކޮށް ކަމަށް ކޯސްޓު ގާޑުން މައުލޫމާތު ދެއެވެ.

ފަހުގެ